ޅ. ނައިފަރުގެ ފެނުގެ ނިޒާމް ނިންމާ، ހިދުމަތް ޓެސްޓުކޮށްފި އެވެ.
އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 19 އިން 22 އަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
ނައިފަރިރުގައި، ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ ޜޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށް ޓެސްޓުކޮށް ނިންމާފައެވެ.