ކޮންމެ ދިމާއަކުން ފެންނަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ނުލަފާކަން ދައްކަވާ ތަންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިހުގެ ނުލަފާކަމުގެ މިސާލުތައް ދައްކަވުމުން ޖަމީލް ވިދާޅުވީ ރައީސް ޞޯލިހް ދީން ބޭނުންކުރަނީ ބަޔަކު ރުއްސާލެވޭ ވަރަށް ކަމަށާއި އެމްޑީޕީ އާއި ކޯލިޝަންގެ ލީޑަރުން މައިތިރިކުރާ މައި ހަތިޔާރަކީ ކޮރަޕްޝަން ކަމަށެވެ.
އެމްޑީޕީގެ ސަރުކާރާއި ރައީސް ޞޯލިހުގެ ނުބައި ނުލަފާކަން ސިފަކޮށްދެއްވާ ބައެއް މިސާލުތައް ދެއްކެވުމަށްފަހު ޑރ.ޖަމީލް ވަނީ ވެރިއަކު ނުލަފާވާނީ ކިހާވަރެއް ވުމުންތޯ ސުވާލު އުފައްދަވާފައެވެ.
އެމްޑީޕީން ލީޑްކުރާ ސަރުކާރާއި ރައީސް ޞޯލިހުގެ ސިޔާސަތުތަކަށް ޑރ.ޖަމީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު އެމްޑީޕީން ލީޑްކުރާ ކޯލިޝަން ސަރުކާރު ގެނައުމުގައި ޑރ.ޖަމީލް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ނުލަފާކަމުން،ކުރިކަމަކީ،ޔާމީނުޖަލަށްނުލީތަ،