އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ އެޖެންސީއެއްްކަމަށްވާ ޔޫއެސްއެއިޑްގެ ފަރާތުން ދިވެހިރާއްޖެއަށް 300,000 ޑޮލަރު ހަދިޔާކޮށްފިއެވެ.
އެ އެހީއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރާ މަސައްކަތަށް ދިން އެހީއެކެވެ.
އެ އެހީ ދިނުމަށް ނިންމީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަން މެދުވެރިކޮށްކަމަށްވާތީ މިއަދު ވަނީ އެ ދެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
2001 ވަނަ އަހަރުން ފެށިގެން ޔޫއެސްއެއިޑްއިން ދަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާާތަނަށް ފައިސާގެ އެހީގެ ގޮތުގައި އެ ޖަމްޢިއްޔާއިން 20 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ވަނީ ދީފައެވެ.