ބޮލުގައި ހަންފޮޅުމަކީ މިއަދު ގިނަ މީހުން ތަހައްމަލު ކުރަމުން އަންނަ ކަމަކެވެ.
މި ކަމަށް އެކަށޭނެ ފަރުވާ އެއް ހޯދަން ތަފާތު އެކި އެއްޗެހި ބޮލުގައި ބޭނުން ކުރާ މީހުން އުޅެއެވެ. އަދި ސެލޫން ތަކަށް ގޮސް އެތައް ހާސް ރުފިޔާއެއް މި ކަމަށް ޙަރަދު ކުރާ މީހުންވެސް އެހާމެ ގިނައިން އުޅެއެވެ.
ހަން ފޮޅުމުގެ އިތުރުން އިސްތަށި ފޭބުމަކީ ވެސް ޝަކުވާއެކެވެ. ނަމަވެސް މިއޮތީ މިކަމަށް އަވަސް ފަރުވާއެއް ލިބޭނެ ގޮތެކެވެ. އެއް ފަހަރުން ނަތީޖާ ނުފެނުން ނަމަވެސް ހަފްތާއަކު 3 ފަހަރު ބޭނުން ކުރުމުން ނަތީޖާ ފެންނަން ފަށާނެއެވެ.
ބޭނުންވާ ތަކެތި
1 ލުނބޯ ލުނބޯ، ½ 1 ސަމުސާ މާމުއި، 4 ސަމުސާ އެޕަލް ސިޑަރ ވިނެގަރ
ތައްޔާރު ކުރާނެ ގޮތް
ލުނބޯއެއްގެ ހުތް ތައްޓަކަށް ފެލާލުމަށް ފަހު މާމުއި އާއި އެޕަލް ސިޑަރ ވިނެގަރ އަޅާލުމަށް ފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި އިސްތަށި ގަނޑުގައި ހާކާލުމަށް ފަހު 10 މިނެޓް އާއި 15 މިނެޓް މަޑު ކޮށްލުމަށް ފަހު އިސްތަށިގަނޑު ދޮވެލާށެވެ.
މި ޕެކް އިސްތަށިގަނޑު ބުޑުގައި ރަނގަޅަށް އުނގުޅުމުން ބޮލުން ހަންފޮޅުމުގެ އިތުރުން އިސްތަށި ފޭބުން މަދު ކޮށްދީ އިސްތަށި ވަރުގަދަ ކޮށްދެއެވެ.