ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ވިދްޔާ ބާލަން އަކީ މޮޅު ބަތަލާއިންގެ ލިސްޓުގެ ކުރީ ސަފުން ޖާގަ ހޯދައިފައިވާ ބަތަލާއެކެވެ.
ނަމަވެސް އޭނާ ފަލަ ކަމަށް ބުނެ އެކަމާއި ގިނަ މީހުން އަންނަނީ އޭނާއަށް ޖޯކު ޖަހައި މަލާމަތް ކުރަމުން ކަމަށް އޭނާ މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިލްމު ހުށައަޅާފައި ސާޖަރީ ކުރުމަށް ވެސް ބައެއް ޕްރޮޑިއުސަރުން އޭނާ ކައިރީ ބުނެފައިވާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އެހެނަސް ފަލަ މީހުން އަކީ ހަޑި މީހުން ނޫން ކަމަށާއި އެއީ ވެސް ރީތި މީހުން ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެކަކު ވެސް އެއް ގޮތަކަށް ނުހުންނާނެ ކަމަށާއި އުމުރު މަތިވި ވަރަކަށް ބަދަލު އަންނާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ފިލްމީ ދާއިރާގައި އޭނާ އަށް އެކަމާއި ހުރެ ތަފާތު އެކި ފުރައްސާރައާއި ކުރިމަތި ލާން ޖެހުނު ކަމަށާއި ފިލްމު ހުށައެޅުމަށް ފަހު އޭނާއަށް ނޭނގި ފިލްމުން އޭނާ ބޭރުކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އުމުރުން 26 އަހަރުގައި ފިލްމީ ކެރިއަރު ފެށި ވިދްޔާ ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައެވެ.”ދަ ޑާރޓީ ޕިކްޗަރ“، ”ޝަކުންތަލާ ދޭވީ“ އަދި ”ތުމްހާރީ ސުލޫ“ އަކީ އެކަމުގެ ބައެއް ހެކިތަކެ