ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އޭނަގެ ފިރިމީހާ އެމެރިކާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ނިކްގެ ހެދުމުގައި އެކި ހަފްލާތަކަށް ގޮސްހަދައި ކަމަށް ޕްރިޔަންކާ ހާމަކޮށްފިއެވެ.
އެގޮތުން ޕްރިޔަންކާ ހާމަކޮށްފައިވާ ގޮތުގައި ނިކްގެ ހެދުމުގެ އިތުރުން އަވިއާނު ވެސް އޭނާ ބޭނުން ކުރާކަމަށެވެ. ގިނަ ފަހަރަށް ބޭނުން ކުރަނީ ނިކް އަށް ނޭގި ވަގަށް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އެކި ހަފްލާ ތަކަށް ދާން ލާނެ ހެދުމެއް ނޭނގި އެތައް އިރެއް ވާކަމަށާއި އޭނާ އަށް ބޮޑަށް ކަމުދަނީ އެހެން މީހުންގެ ހެދުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. ބައެއް ފަހަރު ނިކް އަށް އެއީ އޭނަގެ ހެދުން ކަން އިނގޭ ކަމަށާއި ނިކް އަކީ ވެސް ބައިވަރު ހެދުން ގެންގުޅޭ މީހެއް ކަމުން އޭނާއަށް ނޭނގި ވެސް ހުންނާނެ ކަމަށް ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ.
ނިކް އަރަން ގެންގުޅޭ ބޫޓް އަށް އޭނާ ނާރަނީ ހެޔޮ ވަރު ނުވާތީ ކަމަށާއި އެހެން ނޫންނަމަ އޭނަގެ ބޫޓް ތަކަށް ވެސް ޕްރިޔަންކާ އަރާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ހޮލީވުޑްގެ ޕްރޮޖެކްޓް ތަކުގައި މިހާރު މަސައްކަތް ކުރާ ޕްރިޔަންކާ ބޮލީވުޑް ފިލްމަކުން ދެން ފެނިގެންދާނީ ކެޓްރީނާ އަދި އާލިއާ އެކު ކުޅެން ހަމަޖެހިފައިވާ ޒީލޭ ޒަރާ އިންނެވެ. މި ފިލްމުގެ ޝޫޓިން ވަނީ އަންނަ އަހަރަށް ލަސްކުރެވިފައެވެ.