މައިބަނޑު ވުމަކީ މުޅި ދުވަހު އެއްކޮށް އަރާމް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ބަތަލާ އާލިއާ ބަޓް ހާމަކޮށްފިއެވެ.
އެގޮތުން ފިލްމު ތަކުގެ ޕްރޮމޯޝަންތަކަށް އާލިއާ ދިއުމުން ގިނަ މީހުންގެ ފާޑު ކިޔުންތަކަށް އޭނާ ވަނީ ހޫނު ރައްދެއް ދީފައެވެ. މި ފަހުން ޑާލިންގް ގެ ޕްރޮމޯޝަންގައި ނޫސްވެރިއަކު އާލިއާ އަރާމް ކުރުމަށް ވަގުތު ހުސްކުރަންތޯ ސުވާލު ކުރުމުން އާލިއާ ހާމަ ކުރި ގޮތުގައި މައިބަނޑު ވުމަކީ ވަރަށް ބޮޑު ކަމެއް ނަމަވެސް ސިއްޙީ ހާލަތު ތަންދޭ ވަރަކުން މަސައްކަތް ކުރެވޭނެ ކަމަށެވެ.
އޭނާގެ ސިއްޙީ ހާލަތު ރަނގަޅު ކަމަށާއި އޭނާގެ މަސައްކަތް ހުއްޓާލާނީ އޭނާގެ އޭނާ ބަލިއެނދުގައި އޮންނަން ޖެހުމުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި މި ހާލަތުގައި މަސައްކަތް ކޮށް އުޅުމަކީ މައްސަލައެއް ނޫން ކަމަށާއި އަންހެނުންއަކީ ހިތްވަރު ގަދަ ބައެއް ކަމުގައި ވެސް އާލިއާ ވަނީ ފާހަގަ ކޮށްފައެވެ. ކޮންމެ އިންޓަވިއުއެއްގައި އެކަމާއި ގުޅިގެން ވާހަކަ ނުދެއްކުމަށް ވެސް އޭނާ ވަނީ ނޫސް ވެރިން ކައިރިން އެދިފައެވެ.
މިހަރު އޭޕްރީލްގައި ރަންބީރު ކަޕޫރްއާއި ކައިވެނި ކުރުމަށް ފަހު ޖޫން މަހު އާލިއާ ވަނީ ކުއްޖަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޙަބަރު ސަޕޯޓަރުންއާއި ހިއްސާ ކޮށްފައެވެ. އާލިއާ އަލަތު ދަރިފުޅަށް ބަލިވެ އިން އިރު އޭނާ ފަށައިފައިވާ ގިނަ ފިލްމުތައް ވެސް އެބަހުއްޓެވެ.
Lahufa ”maibandu“ eh noon maa band