މާލޭގައި މިރޭ ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވުމުން ސައިކަލް ދުއްވަން އިން މީހާ ޕިކަޕްގެ ޑްރައިވަރަށް ހަމަލާދީފިއެވެ.
މިރޭ އެކްސިޑެންޓް ހިނގީ އަލިކިލެގެފާނު މަގުން މަޖީދީމަގަށް ނުކުތް ޕިކަޕަކާއި ސައިކަލެއް ޖެހިއެވެ.
އެ ސައިކަލުގައި އިން މީހާއަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ ސައިކަލުން ފައިބައިގެން ގޮސް ޕިކަޕް ޑްރައިވަރަށް ހަމަލާދީ ނޭފަތް މަތި ފަޅައިލާފައެވެ.
އެއަށްފަހު އޭނާ ވަނީ ފިލައިގެން އެ ސަރަހައްދުން ގޮސްފައެވެ.
ޕިކަޕް ދުއްވަން އިނީ ބިދޭސީއެކެވެ. އެކަމަކު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބޭ ގޮތެއް އަދި ނުވެއެވެ.