އެއްވެސްކަމެއް ޕްރޮސިކިއުޓާ ޖެނެރަލްގެ ސަމާލުކަމަށް ގެންނަން ބޭނުންވާނަމަ މިއަދުން ފެށިގެން އެކަމެއް އީމެއިލްކުރެވޭ ގޮތަށް ހަދައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުންނާއި, ޤާނޫނުއަސާސީއާއި ޤާނޫނުން ޕްރޮސިކިއުޓާ ޖެނެރަލާއި މަތިކޮށްފައިވާ ޒިންމާތަކާ ގުޅިގެން ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅިގެން ސީދާ ޕްރޮސިކިއުޓާ ޖެނެރަލްގެ ސަމާލުކަމަށް ގެންނަވަން ބޭނުންވާ
ކަމެއް އޮތްނަމަ މިއަދުން ފެށިގެން އީމެއިލް ކުރެވޭނެ ކަމަށެވެ.
އީމެއިލް ކުރާނީ mv.gov.pgoffice@concerns އަށެވެ.
މި އީމެއިލްއަށް ފޮނުވާ މެއިލްތަކުގެ ތެރެއިން ސީދާ ޕްރޮސިކިއުޓާ ޖެނެރަލް ޖަވާބެއް ނުވަތަ ރަޢުޔެއް ދެއްވަންޖެހޭނަމަ, އެ މެއިލަށް ޖަވާބު ދެއްވާނީ ސީދާ ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި އީމެއިލްއަށް ސީދާ ވަކި ޖަވާބެއް ނުދެއްވި ކަމުގައިވިޔަސް, އެ އޮފީހުގެ މަސައްކަތްތައް ބައްޓަންކުރުމުގައި މި އީމެއިލް
މެދުވެރިކޮށް ހިއްސާކުރެވޭ ކަންކަމަށް ޕީޖީ ރިޢާޔަތް ކުރައްވާނެކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އީމެއިލް ކުރެވޭ ގޮތަށް ހަމަޖެއްސީ އެ އޮފީހުގެ މަސައްކަތްތަކާއި, ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޢާންމުންގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން އިތުރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނެންގެވި އިސްނެންގެވުމުގެ މަތިންކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މާބޮޑު ޢަދުލުވެރިއެއް ކަމަށް ދައްކަން އުޅުނަސް ޢަދުލުން އެއްކިބާވެ ނާއިންޞާފުން ގިނަދަޢުވާތަކެއް ކުރަމުންދާކަން އެއީ ފެންނަ ޙަޤިގަތް. ޕާޓީމިހުން ޕްރެޝަރާހެދި އެކުރި ދަޢުވާތަކަކީ މީހެއްގެ ވަޢުދު ފުއްދިކަން ދައްކަން ކުރި ދަޢުވާތަކެއްކަން ރައްޔިތުން ހެކިވާނެ. މިކަހަލަ އެތައް ދަޢުވާތަކެއް ކުރުމުން މަޤާމުން ވަކިކުރަން ފެށި މަސައްކަތް ހުއްޓިފައިވާކަންވެސް އެބައެނގޭ. އެނގިތިބެ ޙީލަތްތެރި ގޮތުގައި ކުރާ ކަންތައްތަކަށް ޒިންމާވާންޖެހޭ ދުވަހެއް އޮތްކަން ހަނދާންކޮށް ﷲއަށް ބިރުވެތިނުވާ މީހެއްގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!