ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑީއާރްޕީގެ ރިޔާސީ ޓިކެޓް ޖާބިރަށް ދޭން ނިންމީ އިއްޔެ ފުވައްމުލަކު ސިޓީގައި ބޭއްވި ޑީއާރްޕީގެ ކައުންސިލުގެ ޚާއްސަ ބައްދަލުވުމުގައެވެ.
އެ ގޮތުން ޖާބިރު ވަނީ ރިޔާސީ ޓިކެޓް ދޭން ނިންމި ނިންމުން ގަބޫލުކުރައްވައިފައެވެ.
ޖާބިރާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އިންތިޚާބުގައި އޭނާގެ ރަނިންމޭޓަކީ އަންހެން ބޭފުޅެއް ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ޖާބިރު ވަނީ ވެރިކަމަށް އައުމުގެ ވާހަކަ ދައްކަވާފައެވެ.