ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވުމުން ޕީއެންސީގެ ނައިބު ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ރައްދު ދެއްވައިފިއެވެ.
ރައީސް ޔާމިނުގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއްކަމަށް ވިދާޅުވީ ދުންޔާ މިއަދު ޢާންމުކުރެއްވި ވީޑިއޯއެއްގައެވެ.
އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާދޭސްކޮށްކޮށް ވެސް ޕީޕީއެމްއިން ދުންޔާ ބަލައި ނުގަތުމުން ޤައުމުގެ ޣައްދާރުންނާ އެއް ސަފަށް އަރައި ހުރެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއްނުވާނެ ކަމަށެވެ.
އަދި ފޮރިން މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވުމަށްފަހު, “އާދޭސްކޮށްގެން ސްޓޭޓް މިނިސްޓަރަކަމަށް އައީ އެ ސަރުކާރު އަނިޔާވެރިވީމަތޯ ވެސް އަދުރޭ ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމިނުގެ ދައުރުގައި ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށްފަހު ފަހުން ދުންޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.