ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފޯނު މީހަކު ޖަހައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދު ވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން ފޮނުވި މެސެޖެއް މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި ހިއްސާކުރައްވައިފައެވެ.
އީވާ ހިއްސާކުރެއްވި މެސެޖުގައި ވަނީ އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ރައީސް ނަޝީދު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ފޯނު ޖަހައިގަނެގެން ދުވެ ފިލާފައިވާ ކަމަށެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ނަންބަރު ބްލޮކް ކުރުމަށް ދަރިކަނބަލުން އެދިފައިވެއެވެ.
ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައި މިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބަދުއަޚްލާޤީ އަމަލު ހިންގަވާ ތަން ފެންނަ ހަތަރު ފޮޓޯ އޮތްކަމަށް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
އެބުނާ ފޮޓޯއެއްނެތީމަ މޮޅުސުޓަންޓެއް ޖައްސަނީދޯ
ދެން ފޮޓޯތަކެއް ނުދެއްކޭނެޔޯ ދޯ. އެހެން ބުނަންވެގެން މީހަކުލައްވާ ކުރުވި ކަމެއް އުތަ! މިހާރު ތިޔަށްވުރެ މީހުން ތަންދޮރު ފިލާ!!!!! ކަނޑުކޮސްބޭ!!!!