ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރުނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށް މިރޭ 19:00 އިން 23:00 އަށެވެ.
ގަޑިއަކު 28 މޭލާ 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި, ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާކަމަށް އެ އޮފީހުން ބުންޏެވެ.
އެ ގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.