ރާޅުގަނޑު ސަރަހައްދަށް ޑިންގީއެއް ބަނޑުން ޖަހާލައިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ރާޅުގަނޑު ސަރަހައްދަށް ބަންޑުން ޖަހާލާފައިވަނީ ”ބެންހާ – 4″ ނަމަކަށް ކިޔާ ޑިންގީއެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ، މާލެ ރާޅުގަނޑު ސަރަހަށްދަށް ”ބެންހާ-4″ ނަމަކަށް ކިޔާ ޑިންގީއެއް ބަންޑުންޖަހާލުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އެ ޑިންގީ އެއްގަމަށް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 07:16 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.