ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އަޅައި ނިންމާލައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޖުމުލަ 76.09 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން 46،466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 16،518 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 38،916 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 19،679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.