ވިނިގަރ އަކީ ކެއްކުމާއި، ބޭކް ކުރުމާއި، އެއްގަމު މަސް ޕްރިޒަރވް ކުރުމަށާއި، އަސާރަ އެޅުމަށާއި، ސޯސް ތައްޔާރު ކުރުމުގެ އިތުރުން ސެލެޑް ޑްރެސިންގްސް ތައްޔާރުކުރުމުގައި ވެސް ބޭނުން ކުރެވޭ އެއްޗެކެވެ.
ކާބޯތަކެތި ގޮތް ގޮތަށް ހެދުމުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ވިނިގަރ ބޭނުން ކޮށްއުޅޭ ވިނެގަރ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން ބައެއް ބޭސް ތައްޔާރު ކުރުމަށާއި އިންޑަސްޓްރިއަލް ބޭނުން ތަކުގައި ވެސް ބޭނުން ކޮށް ހަދައެވެ. އަދި ބައެއް މީހުން ތަންތަން ސާފުކޮށް ހެދުމަށް ވެސް ވިނިގަރ ބޭނުން ކޮށްހަދައެވެ.
ފައިތިލައަކީ ހިރަފުސް ޖެހި އަދި އެހެނިހެން ގޮތްގޮތުން ވެސް އެންމެ އަވަހަށް ހަޑިވެ ހަމުގެ މައްސަލަތައް ޖެހޭ އެއް ގުނަވަނެވެ. މިގޮތުން ހަންފޮޅުމާއި ހަން ކުރަކިވެ ފަޅައިގެން ދިޔުން އަދި އިންފެކްޝަން ގެ މައްސަލަތައް ދިމާވެއެވެ. ވިނެގަރ އިން ފައިގައި ހުންނަ ބެކްޓީރިޔާ ތައް ނައްތާލާ ބަލިތަކުން ސަލާމަތް ކޮށްދެއެވެ.
މީގެ އިތުރުން ވިނެގަރ އަކީ ބޮލުން ހަން ފޮޅުމަށާއި ހެދުމުގައި ޖެހޭ ލައްތަށް ފިލުވާލުމަށް ވެސް އޮތް ހައްލެކެވެ. އެގޮތުން ލައް ޖެހިފައިވާ ހިސާބުގައި ވިނެގަރ ހާކާލުމަށް ފަހު 5 މިނެޓް މަޑު ކޮށްލާށެވެ. އެއަށް ފަހު އުނގުޅާލުމަށް ފަހު މެޝިނުން ދޮވެ ލުވުން ލައްތައް ފިލާނެއެވެ.