ބޮލީވުޑްގެ ބަތަލް އަކްޝޭ ކުމާރަކީ އޭނާގެ އެކްޓިން އިން އެތައް ބަޔަކު ހައިރާން ކޮށްލި ކުޅަދާނަ ފަންނާނެކެވެ.
ކޮމެޑީ އެތައް ފިލްމެއް ކުޅެފައިވާ އަކްޝޭ އަކީ ކޮމެޑީ ކިންގް ގެ ގޮތުގައި ބޮލީވުޑްގައި މަޝްޙޫރު ބަތަލް އެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލް ފާއިތުވެ ދިޔަ 4 އަހަރު ތެރޭ ކުޅެފައިވާ ފިލްމުތައް ފެއިލް ވުމާއި އެކު އޭނާ ވަނީ ފިލްމު ކުޅޭ އަގު ކުޑަ ކޮށްފައެވެ.
ރިޕޯޓް ތަކުން ހާމަ ކުރާ ގޮތުގައި އޭނާ ވަނީ ފިލްމު ކުޅެދޭ އަގު 144 ކްރޯޑް އިންޑިއަން ރުޕީސް އިން %50 ކުޑަ ކޮށްފައެވެ. އަކްޝޭ މީގެ ކުރިން ހާމަ ކޮށްފައިވާ ގޮތުގައި އޭނާ އަތުގައި މަސެއްކަތެއް ނުކޮށް އުޅޭ ވަރަށް ފައިސާ ހުރި ކަމަށާއި އޭނާ ފިލްމް ކުޅެ ހަދަނީ އޭނާއަށް އެކަމުން ހިތްހަމަ ޖެހޭތީ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
އަކްޝޭގެ އިތުރުން ބޮލީވުޑްގެ މަޝްޙޫރު ބަތަލް ޓައިގާ ޝްރޮފް އާއި އަދި ވެސް ބޮލީވުޑްގެ ފުންނާބު އުސް ފަންނާނުން ދަނީ އެމީހުން ފިލްމު ކުޅެދޭ އަގު ކުޑަ ކުރަމުން ކަމަށް ރިޕޯޓް ތަކުން ދަނީ ހާމަކުރަމުންނެވެ.