ބޮލީވުޑްގެ ބޮޑެތި ބަޖެޓް ތަކުން ބޮލީވުޑްގެ ފުންނާބު އުސް ފަންނާނުން އެކު އުފައްދާ ފިލްމުތަކުން އެއްވެސް ފައިދާއެއް ނުވެ ފެއިލް ވާ ވާހަކައަކީ ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއްވާހަކައެވެ،
މި ކަމާއި ގުޅިގެން ބޮލީވުޑްގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އެކި ފަންނާނުން ވެސް ދަނީ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. ފެއިލް ވާން މެދުވެރިވަނީ އެކްޓިންގެ ހުނަރު ނުވަތަ ފިލްމުގެ ވާހަކަ އަންނަ ގޮތާއި މެދު ކަމަށް ގިނަ ފަންނާނުން އަންނަނީ ބަހުސް ކުރަމުންނެވެ.
އެގޮތުން ބޮލީވުޑްގެ ޑައިރެކްޓަރ ކަރަން ހާމަކުރާ ގޮތުގައި ފެއިލް ވެފައި ވަނީ ސަޕޯޓަރުން ބޭނުންވާ ކަހަލަ އިމޯޝަނަލް ފިލްމަކަށް ނުވާތީ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަމާއި މާޔޫސް ނުވެ އިތުރު ހިތްވަރާއި އެކު އެހެން ފިލްމެއްގެ މަސައްކަތް ފެށުމަށް ވެސް އޭނާ ވަނީ ހާމަ ކޮށްފައެވެ.
ގިނަ ބެލުންތެރިން ޝޯޝަލް މީޑިއާގައި ހާމަކުރާ ގޮތުގައި ލޯބީގެ ރޯލުތައް ފިލްމީ ދާއިރާގެ ދުވަސްވީ މީހުން އުމުރުގެ ބޮޑު ތަފާތު ހުންނަ އަލަށް ނުކުންނަ ކުދިންނާއި އެކު ކުޅުމުން ފިލްމުގެ އަސްލު ގެއްލޭ ކަމަށެވެ.
އެންމެ ފަހުން ބޭއްވި އައިފާ އެވޯޑްގައި ވެސް ގިނަ އެވޯޑް ތަކެއް ހާސިލް ކޮށްފައިވަނީ ދާއިރާ އަށް އަލަށް ނުކުމެފައިވާ ކުދިންނެވެ.