އެމްއެމްއޭގެ މުވައްޒަފުންނަށް އާ އެލަވަންސެއް ދޭން ފަށައިފިއެވެ.
އެ އެލަވަންސަކީ ޕްރޮފެޝަނަލް އެލަވަންސްގެ ނަމުގައި ދޭން ފެށި އެލަވަންސެކެވެ. އެމްއެމްއޭގެ މަގާމުތައް ހަމަޖެހިފައިވާ ގޮތަށް ބަލައި އެ އެލަވަންސް ދެނީ ފަސް ގިންތިއަކަށް ބަހާލައިގެންނެވެ.
އެލަވަންސް ދޭ ގޮތް:
ސީނިއާ އެގްޒެކްޓިވްސް ނުވަތަ އެސިސްޓެންޓް ގަވަރުނަރުންނަށް: 2500
ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުންނަށް: 2000
ޓެކްނިކަލް ސްޓާފުންނަށް: 1500
ސްކިލްޑް ސްޓާފުންނަށް: 1000
ސާވިސް ސްޓާފުންނަށް: 700
އެ ބަދަލުތައް ގެނައީ ފަންނީ ހުނަރާއި ގާބިލްކަން ތިބި މުވައްޒަފުން އެމްއެމްއޭގައި ބޭތިއްބުމުގެ ގޮތުންނާއި އޭގެ އިތުރުން އެފަދަ ފަރާތްތައް އެ އޮތޯރިޓީއާ ގުޅުމުގެ ޝައުގުވެރިކަން އިތުރުކުރުމަށެވެ.