މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސްކޮށް ހަރަކާތްތެރިވި ޙުސައިން އަކްޝަރު ޖުމްހޫރީ ޕާޓީއާ ގުޅިއްޖެއެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވައި އުފެއްދެވި އެމްއާރްއެމްއިން ވަކިވުމަށްފަހު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ އަކްޝަރު ގުޅުނީ މިއަދުއެވެ.
އަކްޝަރު ވަނީ މިދިޔަ ދައުރުގައި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު ގޮނޑިއަށް އެމްއާރްއެމްގެ ޓިކެޓުގައި ވާދަކުރައްވައިފައެވެ.
އަކްޝަރު ވިދާޅުވީ ޖޭޕީއާ ގުޅުނީ ސިޔާސީ ގޮތުން ކުރިމަގު އޮތް ޕާޓީއަކަށް ވުމުން ކަމަށެވެ. އަކްޝަރަކީ އެމްއާރްއެމް އުފައްދަން މެންބަރުން ހަމަކުރިއިރު އެންމެ ފުރަތަމަ ސޮއިކުރި މެންބަރުންގެތެރޭ ހިމެނޭ މީހެކެވެ.