ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް އޮޕަރޭޝަނެއް ކުރިއަށް ނުގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންހެނަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގާ މަންޒަރު ފެންނަ 04 ފޮޓޯ އަތްޕުޅުގައި އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން, އެ މަނިކުފާނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ތައްޔާރުވުމަށް ސަރުކާރުން ފުލުހުންނަށް އެންގިކަމަށް އޮންލައިން ނޫހަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކަމާ ގުޅިގެން ލިޔެފައިވާ އާޓިކަލްގައި ފުލުހުންނާއި ގުޅޭގޮތުން ލިޔެފައިވާ ހުރިހާ ވާހަކައަކީ ވެސް އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ ދޮގު ވާހަކަތަކުން ދައުލަތުގެ މުއައްސަސާތަކުގެ ގަދަރު ކުޑަކުރާ ކުރުމުން އެއްކިބާވެ, ޒިންމާދާރު ނޫސްވެރިކަން އިސްކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.