މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި, އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަވެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެެވެ.
މާދަމާ ހެނދުނު 06:00 އަށް މޫސުން ލަފާކުރާގޮތުގެ ތަފްސީލް ހާމަކޮށް މެޓް އޮފީހުން މިރޭ ބުނީ ރާއްޖޭގ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި, ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ވައި ހުރިކަމަށް ލަފާކުރާ ގޮތް:
މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ލަފާކޮށް, އެ އިދާރާއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.