މި ޤައުމުގެ ކަންކަމުގައި ގޮތް ނިންމަނީ އިންޑިއާއިންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ދުރުކުރުމަށް މަަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ރައީސުން ވެސް މަޤާމުން ދުރުކުރަންޖެހޭ ކަމަށެވެ.
އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރަށް ރައްޔިތުން އިތުރަށް ކުރާނެ އިތުބާރެއްނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މާ ކުރިން ވެސް އިތުބާރު ގެއްލިފައިވާާ ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެމްޑީޕީ ވެެރިކަމަށް ގެނައީ އިންޑިޔާކަމަށް ރައީސް ނަޝީދު ފާޅުގައި ވިދާޅުވެފައިވާ ކަމަށާއި, އަދި މިހާރު ވެސް ކަން ކުރަނީ އެ ގޮތަށް ކަމަށެވެ. އަދި މި ޤައުމުގެ ކަންކަމުގައި ގޮތް ނިންމަނީ އިންޑިއާއިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.