އެމްއެންޑީއެފުގެ ކޯސްޓްގާޑް “ހުރަވީ“ ގެ ބަދަލުގައި އިންޑިއާއިން އިތުރު އުޅަނދެއް ރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ.
އެކަން އިއުލާނުކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. އޭނާ އެހެން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން މިއަދު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ވަނީ ޑިފެންސް ސެކިއުރިޓީގެ ދާއިރާއިން އެއްބަސްވުމެއް ގާއިމްކޮށްފައެވެ. މޯދީ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ޓެރަރިޒަމް ހުއްޓުވަން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖެއަށް ދެވަނަ ލޭންޑިން އަސައުޓް ކްރާފްޓަކާއި “ހުރަވީ“ ގެ ބަދަލުގައި އެހެން ބޯޓެއް ހަދިޔާކުރާނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން އެމްއެންޑީއެފަށް 24 ވެހިކަލް ހަދިޔާކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.