މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމްގެ ކިބައިގައި ރައީސެއްގެ ހުރިހައި ކޮލެޓީއެއް އެބަހުރިކަމަށް އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ނާޒިމް ރިޔާސީ ރޭހަށް ނުނިކުންނަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށާއި ނާޒިމްގެ އިސްކޮޅު ވެސް އެބަހުރި ކަމަށެވެ.
އަދި ނާޒިމްގެ ކިބައިގައި ރައީސެއްގެ ހުރިހައި ކޮލެޓީއެއް އެބަހުރިކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ނާޒިމަކީ އަމިއްލަ މަސައްކަތުން ކުރިއަރައި, ޚިދުމަތުގެ ތަރިތަކާއި, ކުލަބަރިތަކުން މުޅި ޔުނިފޯމް ފުރައިލި ދިވެހިންނަށް ނުލިބޭނެފަދަ ޒުވާން ލީޑަރެއް ކަމަށެވެ.
މީހުންނާ ޒާތީވުންވެސް ރައީސެއް ގެ ހުންނައް ޖެހޭ ކޮލެޓީއެށްތޯ ނޫނީ ސިފައެށްތޯ އެހެންވިއްޔާ ތިއޮތީ ވެފައެންނު
Ebunaavaruge koletey eh bagee naazimge nuhun naane amihla edhumuge. Bee nun varah boduvaane ekole tee hun naane
އެއްވެސް ކޮލެޓީއެއްނެތް ކޮންމެސް އެހެންކަމަކާއުޅޭ