މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިއަދު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީން ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ. އަދި އޭނާ ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި ކާމިޔާބުވެއްޖެނަމަ ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ އެ ޕާޓީގެ ކޮންގްރެސްގައެވެ. ކޮންގްރެސް ބާއްވާނީ އަންނަ ސެޕްޓެމްބަރުގައެވެ.
އެމްއެންޕީއަކީ މިދިޔަ އަހަރު އުފެއްދި ޕާޓީއެކެވެ. އެ ޕާޓީން އަމާޒު ހިފާފައިވަނީ އަހަރު ނިމެންވާއިރަށް 10,000 މެންބަރުން ހަމަކުރުމެވެ.