ފިނި ފެނަކީ އެއާއި ނުލާ ގިނަ މީހުންއަށް އުޅެން ދަތި އެއްޗެކެވެ.
އެގޮތުން ކިތަންމެ ފިނި މޫސުމެއް ނަމަވެސް ފިނި ފެން ބޯ އުޅޭ މީހުން އުޅެއެވެ. އާއްމު ގޮތެއްގައި އެތެރެ ހަށި ފިނި ކޮށްލުމަށް ބޮއެ އުޅޭ ފިނި ފެނަކީ އޭގެ ސަބަބުން ހަަށިގަނޑަށް ގެއްލުންވާ އެއްޗެކެވެ.
އެތެރެ ހަށި ފިނި ކޮށްލުމަށް ފިނި ފެނުގެ ބަދަލުގައި ކާން އެންމެ ރަނގަޅު އެއް ކާނާ އަކީ ކަރާއެވެ. ކަރަ އަކީ އޭގައި ގިނަ އަދަދަކަށް ފެން އެކުލެވޭ، އިންސާނާގެ ހަށިގަނޑު ހައިޑްރޭޓެޑްކޮށް ބަހައްޓައިދޭ މޭވާ އެކެވެ. ކަރާގައި ލައިކޯޕީން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭއިރު އެ މާއްދާގެ ސަބަބުން، އިރުގެ ގަދަ ހޫނުން ލިބޭ ނުރައްކާތެރި ދޯދިތަކުން އިންސާނާގެ ހަށިގަނޑު ރައްކާތެރި ކޮށްދެ އެވެ.
ކިއުަންބާ އަކީ ވެސް ފާހަގަ ކޮށްލެވޭ އެއްޗެވެ. ކިއުކަމްބާ އަކީ ހަށިގަނޑުގައި އުފެދޭ ހޫނު ނައްތާލައިދޭ އަދި ބޭރުން ހަށިގަނޑަށް ލިބޭ ހޫނު ބްލޮކް ކޮށްދިނުމުގައި އެހީވެދޭ ތަރުކާރީ އެކެވެ.
މީގެ އިތުރުން ކުރުނބާ ފެނާއި ފެހި ކަންގަދަ ފަތަކީ ފާހަގަ ކޮށްލެވޭ އެއްޗެކެވެ.