ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 126 މައްސަލަ ހިމެނޭހެން މިދިޔަ ޖޫން މަހުގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ޖޫންމަހު ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 126 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓުކޮށްފައެވެ.
މައްސަލައިގެ ބާވަތްތައް:
ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުން: 27 މައްސަލަ.
ނަފްސާނީ ހާނިއްކަ ކުރުން: 26 މައްސަލަ.
ޖިންސީ ހާނިއްކަ ކުރުން: 24 މައްސަލަ.
ޖިސްމާނީ ހާނިއްކަ ކުުރުން: 16 މައްސަލަ.
އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުން: 2 މައްސަލަ.
އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން: 1 މައްސަލަ.
ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ކުދިން ބޭނުންކުރުން: 1 މައްސަލަ.
ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން: 1 މައްސަލަ.
މީގެ އިތުރުން ހުށަހެޅުނު މައްސަލަތައް:
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަ.
ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލަ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާގުޅޭ 20 މައްސަލަ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ.
ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 12 މައްސަލަ.
ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލަ.
ޤާނޫނާއި ޤަވާއިދާއި ޚިލާފުވުމުގެ 1 މައްސަލަ.
ޖެންޑާއިން ހާމަކުރި ގޮތުގައި ޖޫންމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 196 އެވެ. އަދި ޖޫން މަހުގައި 4 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާއިރު 6 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި, 1 ކުއްޖަކު ފޯސްޓަރކުރެވިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.