ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފަށް ތަފްސީރު ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ދޭން ހެޔޮނުވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ކޮންމެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށް ފަހު މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އަޢުޡަމުގައި ޑރ. އިޔާޒްގެ ތަސްފީރު ކްލާސް އޮންނާނެކަން އިސްލާމިކް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެންނެވެ.
އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. އިޔާޒަކީ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އެފަދަ މީހަކަށް ތަފްސީރު ކުލާސްތައް ނަގައިދިނުމުގެ ފުރުސަތު ދޭން ހެޔޮ ނުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
މިހުރިހާ ދުވަހުއޮތީ އެއްކަލަ ކަޅުދަބަހުގަ
އޮތް ދިޔާފުޅީގަ ހުރި އެއްޗެތި ބޮއި ގެންތޯ. ނޫނީ ހައިކޮމިޝަނަރއާއެކު ސަފާރީގަ ބޭއްވި ބައްދަލުވުމުގަ ކުރި މަތީގައިހުރި ފުޅީގަ ހުރި އެއްޗެތި ބޮއި ގެންތޯ. އިޔާޒުގެ ނަން ކިޔޭ ވަރަށްވުރެ ވެސް ޖާހިލު މީހެއް ތިޔައީ އަގައޮތީމަ އެއްޗެކޭކިޔަނީ. ކަލެއާ ކަލޭގެ އައުވާނުން ނަކީ އިސްލާމްދީނޭ ކިޔޭ ފަދަ ބައެއް ނޫން. މުޑުދާރު. ރާބޯމީހުނާ ރިޝްވަތު ނަގާމީހުންގެ ވާހަކަ ބުނެފާނެ ކަމަށް އަންނި ބުނީމަ އިޔާޒާ ދިމާކުރަން ފެށީ އަންނި ރުއްސަން. އެންޓި ކަރެޕްޝަން އިން ބުނީ އަދިވެސް ލިސްޓްގަ ނަން އެބަ އޮތޯ
Azim kaley munjey veedhebala