މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ޔެލޯ އެލާޓް ނެރެފި އެވެ.
މިއަދު 10:00 އިން 14:00 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ.
އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާއިރު، މިއީ ސުކޫލު ބޮޑު ޗުއްޓީ ނިންމުމަށްފަހު ގިނަ ބަޔަކު ރަށްރަށަށް އަދި އަނބުރާ މާލެއަށް ދަތުރުކުރާ ދުވަސްވަރެވެ.
މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ.