ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު ޔާމީން އަބްދުލް ޤައްޔޫމް ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން ކަމަށެވެ. އެގޮތުން ޔާމީންގެ ޒަޢާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި އަދި ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދީފައިވާއިރު، އެމަނިކުފާނާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި އެބައޮތެވެ. ރައީސް ޔާމީނާ ދެކޮޅަށް މިއިން މައްސަލައެއް ނިމިއްޖެނަމަ، އެމަނިކުފާނަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީއެވެ.
އެއް ުުރުން انشاالله
އެއްކަލަ ޕްރޮފެސަރު އަނެއްކާވެސް ހިސާބު ޙަދަން ފެށީއެވެ. އެކަކާ އެކަކާ އެއްކުރީމާ ވާނީ ކިތަކެއް ހެއްޔެވެ؟
މިހާތަނަށް ނަވަތަ ދަސްކޮއްފައިނުވާ ހިސަބު އިލްމުވެރިޔަކު ޖައްސަވާ ހިސާބެއްދިމައެއްނުވެ، ޔައުނީ އެއީ ރޯނު އެދުރުން