އިންޑިއާގެ ޓީވީ ތަރި އުރްފީ ޖާވިދަކީ އެންމެ ގިނައިން އާއްމުންގެ ފާޑު ކިޔުން އަމާޒުވާ ފަންނާނު ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
އެގޮތުން އުރްފީ އަކީ އަބަދުވެސް ނިވާ ކަން ކުޑަ ހެދުން ލައި އުޅޭ ފަރާތެއް ކަމަށާއި އޭނާގެ މަޤްސަދަކީ ސަމާލުކަން ހޯދުން ކަމަށް މީހުން ބުނާ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
އުރްފީ ލައި ހެދުމަކީ ތާކުން ތާކުން ނުޖެހޭ ހެދުން ކަމަށާއި އޭނާގެ އެ އުޅުމަކީ އާއްމުން ބަލައި ނުގަންނާނެ އުޅުމެއް ކަމަށާއި ފިލްމީ ދާއިރާއިން އޭނާ ބޭރު ކުރަން ޖެހޭ ކަމަށް އާއްމު ދަނީ ބުނަމުންނެވެ.
އަދި އެކަހަލަ ބޭއަދަބީ ކޮށް މަގުމަތީ އުޅޭ ފަރާތެއްގެ ފޮޓޯ ނަގައި އޭނާ މަސްޙޫރު ކުރަން މަސައްކަތް ނުކުރުމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ.
އުރްފީ އެންމެ މަޝްހޫރުވެގެން ދިޔަ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ހިމެނެނީ ” ބަޑޭ ބައްޔާ ކީ ދުލްހަނިޔާ” އެވެ. އޭގެ ފަހުން “މޭރީ ދުރްގާ” އަކީވެސް އުރްފީ ފެނިގެންދިޔަ މަޝްހޫރު ސިލްސިލާ އެކެވެ.