ބޮލީވުޑްގެ ކިންގް ޝާޙް ރުކް ޙާން ފިލްމީ ދާއިރާ މަތިން އެއްކޮށް ފޫހިވެ މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވި ދުވަސްކޮޅެއް ވެސް އައި ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ފަހުން ޝާޙް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި އަމީތާބު ވަރަށް އަގުހުރި ނަސޭހަތެއް ދިން ކަމަށާއި އެއަށް ފަހު އޭނާ ބޮލީވުޑް މަތިން އެއްކޮށް ފޫހިވި ކަމަށެވެ. އެގޮތުން ފިލްމީ ދާއިރާއަށް ވަދެ މަސްޙޫރު ވުމުން އެހެން މީހުން ދެކޭ ގޮތާއި ޝާޙްގެ އަމަލުތައް ގެންގުޅެންވީ ގޮތް ގިނަ އަހަރު ތަކެއް ބޮލީވުޑްގައި މަސައްކަތް ކުރި އަމީތާބު ބުނެފައިވާ ކަމަށް ޝާޙް ވަނީ ހާމަކޮށްފައެވެ.
އެގޮތުން ކޮންމެ ކަމެއް ޝާޙް ކުރިއަސް މީހުންއަށް އެކަން ގޯސްވާނެ ކަމަށާއި، މީހަކު ކޮންމެ އެއްޗެއް ބުނި ކަމުގައި ވިއަސް ރުޅި އިސްނުކޮށް ހަމަ ޖެހިގެން ސްޕޯޓަރުންނާއި ވާހަކަ ދެއްކުމަށް ވެސް އަމީތާބު ވަނީ ހާމަކޮށްފައެވެ. އެހެނީ މީހަކު ޝާޙް ގައިގަ ޖެހި ނަމަވެސް އެމީހަކަށް އަތް އިސްނުކޮށް އެފަދަ ހާލެއްގައި ރުޅި އިސް ނުކުރުމަށް ވަނީ ނަސޭހަތް ވެފައެވެ.
ރުޅި އައުމާއި ހިތް ހަމަ ނުޖެހި ވާހަކަ ދެއްކުން ފަދަ ކަންކަމުން ތިމާއަކީ ބޯ މީހެއްގެ ގޮތުގައި ލޭބަލް ވެގެން ދާނެ ކަމަށާއި ކުށެއް ނެތް ކަމުގައި ވިނަމަވެސް މަޢާފަށް އަބަދުވެސް އެދި އެދި ހުންނަން ޖެހޭނެ ކަމަށް ވެސް އަމީތާބު ވަނީ ހާމަކޮށްފައެވެ.
އަމިތާބު އާއި ޝާޙް އެއްކޮށް ވަނީ ކާމިޔާބު އެތައް ފިލްމަކުން ފެނިގެން ގޮސްފައެވެ. އެގޮތުން ކަބީކުޝީ ކަބީ ގަމް، ވީރް ޒާރާ، މޮހޮއްބަތެއިން، ޕެހޭލީގެ އިތުރުން ކަބީ އަލްވިދާ ނާ ކެހެނާ އަކީ ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ފިލްމުތަކެވެ.