އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުކަމަށް އިދިކޮޅު ކޯލިޝަނުން ކަނޑައަޅައިފިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިންކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލުގެ އިއްތިފާޤުން މިހާރު ވަނީ ފާސްކޮށްފައެވެ.
އެ ގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑާރޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސަޕޯޓަރުން ދަނީ ރައީސް ޔާމިނަށް މަރުހަބާ ދަންނަވަމުންނެވެ.
2013 އިން ފެށިގެން 2018 ވަނަ އަހަރަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ޔާމިން ވަނީ ޤައުމަށް ބޮޑެތި ތަރައްޤީ ގެނެސްދެއްވައިފައެވެ.
މިހާރު މި އޮތް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ކަމުނުދާކަމަށް ގިނަ މީހުން ބުނަމުންދާއިރު ދެން ވެސް ރާއްޖެއަށް ތަރައްްޤީ ގެނެސްދެއްވޭނީ ރައީސް ޔާމިނަށްކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
މަރުހަބާ ރައީސް ޔާމީން