މާ ޤައުމީ ބަޔަކަށްވެގެން ނިކުމެ އެހެން މީހުންނަށް ޣައްދާރަށް ގޮވިޔަސް އެކަން މިއަދު ދިވެހިން ބަލައެއް ނުގަންނާނެކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަޙްމަދު އުޝާމް، ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމަށް ރައްދު ދެއްވައިފިއެވެ.
އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމަކީ މަރު ދުވަހާ ޖެހެންދެން ވެސް ޣައްދާރެއް ކަމަށް ރައީސް ޔާމިން ޢަބްދުލްޤައްޔޫމު މިއަދު ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ނާޒިމް ވިދާޅުވީ ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމިން ކަމަށާއި، ރައީސް ޔާމިން ކުރެއްވީ ނަޖިސް ވެރިކަމެއް ކަމަށެވެ.
އެ ގޮތުން ޝިޔާމް ވިދާޅުވީ ”ޣައްދާރު“ މި ލަފުޒަކީ ބައެއް ސިޔާސީ ލީޑަރުންނަށް ވަރަށް އުނދަގޫވާ ލަފުޒެއްކަމަށެވެ.
އެކަމާ ގުޅިގެން އުޝާމް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި މަދު ފައިސާ ކޮޅަކަށް ޤައުމުގެ ބިންތައް ވިއްކައިލުމަށް ޤާނޫނުއަސާސީ ބަދަލުކުރި ކަމަށެވެ. އަދި އެފަދަ ބަޔަކު މިއަދު ނިކުމެ މާ ޤައުމީ ބަޔަކަށްވެގެން އެހެންމީހުންނަށް ޣައްދާރަށް ގޮވިޔަސް އެކަން މިއަދު ދިވެހިން ބަލައެއް ނުގަންނާނެކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ”މި ޙަޤީޤަތް ދުވަހަކު ވެސް ބަދަލެއް ވެސް ނުކުރެވޭނެ“ ކަމަށެވެ.
ދެބޯކެހިން ތިބި ޕާޓީއެއްގެ ނައިބުކަން ލިބުނީމަ މިކަލޭގަ މިހިރީ ފެންވަރު އޮޅިފަ.
ހެހެހޭއި ދެބޯގެރި ނައިބު ރައީސް
Raees Yasmin akee mi gaumu dhuvahaku ves nudhekey varuge bodu …. Bank account ga million in eheree dhivehin ge faisaa. Ganduvaru gane Adhi e hadhanee ves raiyathun ge faisaa in. Adhi ethan than raiyathun nukume hoadhaanan.
ދެކެނާންގެ ޕާޓީގެ ނައިބުކަން ލިބުނީމަ ތިހިރީ ސައިޒް ނޭގިފަ. ރަޢީސް ޔާމީން އަކީ މިގައު ދުވަހަކުވެސް ނުދެކޭފަދަ ހިންގުންތެރި ވެރިއެއް.