އިންޑިއާގެ އާއިލާ އެއްގެ ހަތަރު މެމްބަރުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ހުކުރު ދުވަހު އިންޑިއާގެ މުމްބާއިގެ އަވަށެއް ކަމަށްވާ ގޮވަންދީ ގައި މި އާއިލާ ދިރިއުޅެމުންދާ ގެއިން ވަނީ ދެމަފިރިންއާއި އެ ދެމެހީނުންގެ ދެ ކުދިން މަރުވެފައި އޮއްވާ ފެނިފައެވެ. ފުލުހުން ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ބެލޭ ކަމަށެވެ.
އެގޮތުން ފުލުހުންގެ ތަހުގީގު ތަކަށް ބަލައި ޝައްކު ކުރެވޭ ގޮތުގައި މި ދެމަފިރިން ވަނީ ފުރަތަމަ ދެކުދިންއަށް ވިހައެއް ދިނުމަށް ފަހުގައި މި ދެމަފިރިންވެސް އެ ވިހަ ބޭނުންކޮށް މަރުވެފައިވާ ކަމަށް މީޑީއާތަކުން ވަނީ ހާމަކޮށްފައެވެ.
އަދި މަރުވެފައި ތިބި މީހުންގެ ސާޕަލް ނަގައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.