ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ބަނދަރުން މުދާ ބަރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނި ގޮތުގައި، އެ ހާދިސާ ހިނގާފައި ވަނީ މިއަދު ތިނެއް ޖަހާކަންހާއިރު އައި ކޮޅިގަނޑެއްގައި މޫސުންގޯސްވެ، ކަނޑުގަދަވުމުން ކަމަށެވެ.
އަދި އަޑިއަށް ދިޔަ ދޯނީގައި ހުރި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ދޯނީ ވެރިފަރާތުންނާއި އެމްއޭސީއެލް އަދި ފުލުހުންނާއި ސިފައިން ކޮށްފައިވާ އިރު، ދޯނި ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގައި ހުރީ ކޮންކަހަލަ މުދަލެއް ކަމެއް ނޭނގެ އެވެ.