މޫސުމާބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނީ މިއަދު ހަވީރު 17:30 އިން ފެށިގެން މިރޭ 23:30 އާ ހަމައަށް ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަދިއަކު 19 މެލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވަނެ ކަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެއެވެ.