ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.