ބޮލީވުޑްގެ ބަތަލް ރަންބީރު ކަޕޫރު އާއި ޝްރައްދާ ފެނިގެންދާ ފިލްމުގެ ޝޫޓިންގައި ހުއްޓައި އަލިފާން ރޯވެއްޖެއެވެ.
އިންޑިއާގެ ރިޕޯޓް ތަކުން ހާމަކޮށްފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެތާކައިރި ފިހާރައެއްގައި ނަމަވެސް ފަހުން ވަނީ ރޯވެފައިވަނީ ސެޓްގައި ކަމަށް ހާމަކޮށްފައެވެ. އަލިފާން ރޯވަން ދިމާވި ސަބަބެއް ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް އެއީ ކަރަންޓް ޝޮޓެއް ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓް ތަކުން ދަނީ ބުނަމުންނެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ނުވާ ކަމަށާއި ދުންއަރަން ފެށުމާއި އެކު ރަންބީރު އާއި ޝްރައްދާ ވަނީ ރައްކާތެރި ހިސާބަށް ގެންގޮސްފައި ކަމަށް ވެސް ރިޕޯޓް ތަކުން ވަނީ ހާމަކޮށްފައެވެ. މި ކަމާއި ގުޅިގެން މި ފިލްމުގެ ޝޫޓިން ވަނީ އަންނަ ހަފްތާއަށް ލަސްކޮށްފައެވެ.
ލަވް ރާންޖަން ޑައިރެކްޓް ކުރާ މި ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މި އަހަރު އެއްކޮށް ޝޫޓިން ނިމޭނެ ކަމަށާއި އަންނަ އަހަރު ބެލުންތެރިންނާއި ހަމައަށް މި ފިލްމު ނުކުންނާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.