ހުކުރު, ސެޕްޓެމްބަރ 22, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ނަޝީދު ހެއްދެވީ ކަނޑައެޅިގެން ދޮގެއް: ރައީސް

ޠަލްޙަތު މޫސާ ލިޔުނީ: ޠަލްޙަތު މޫސާ
ޖުލައި 29, 2022
ޚަބަރު
0
ނަޝީދު ހެއްދެވީ ކަނޑައެޅިގެން ދޮގެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދޮގު ކުރައްވައިފި އެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ދެންމެ ވިދާޅުވީ ނަޝީދުގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ތުހުމަތު ކުރައްވާ ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ރައީސާއި ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ނަޝީދު ދައްކަވަން ޖެހިވަޑައިގަތް ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ހަވީރު ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ފުރަަތަމަ ފޮނުއްވީ ބަންގްލަދޭޝްގެ އަލަމްގިރި ކައިރިއަށް އައްޑޫ މީދޫ ދާއިރާގެ މެެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒް ވަޑައިގެންނެވި ކަމަށް ބުނެ މީހަކު ޓްވީޓާގައި ލިޔެފައިވާ ވާހަކަތަކެކެވެ. އެެއީ ތެދެއްތޯ ރޮޒައިނާ އާއި ނާޒިމް ކުރެން އައްސަވާފައިވެއެވެ.

އޭގެ ފަހަށް ދެން ފޮނުއްވި މެސެޖްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައިވެސް އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށާ އެ ފޮޓޯތައް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައިވެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ބަރަހަނާ ހަތަރު ފޮޓޯގަނޑެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ. އެއީ މީހަކު އެމަނިކުފާނަށް ފޮނުއްވާފައިވާ ފޮޓޯތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހްގެ ފޮޓޯތައް ޕޮލިހަށް ފޮނުވަންވީތޯ، ނަޝީދު ސުވާލު ކުރައްވާފައިވެއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަދު ކަމަށާ އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު އެ ފޮޓޯތައް ފޮނުވާފައިވާ ކަމަށެވެ. އަދި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ގޮތުން ގާތް އަދި ވަރަށް އެކުވެރި ބޭފުޅެއްގެ ދަރިއެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުރައީސް މުހައްމަދު ނަޝީދު

ގުޅުންހުރި ލިޔުންތައް

ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7000 އަށް ބޮޑުކުރަން ނިންމައިފި

ދުވަސްވީ މީހުންނަށް ދޭ އެލަވަންސް 7000 އަށް ބޮޑުކުރަން ނިންމައިފި

ސެޕްޓެމްބަރ 21, 2023
ޒާތީ ތައައްސުބުން އެއްކިބާވެ ޑރ.މުޢިއްޒުގެ އަތްޕުޅުގައި ހިފުމަށް ޝަހީމް ގޮވާލައްވައިފި

ޒާތީ ތައައްސުބުން އެއްކިބާވެ ޑރ.މުޢިއްޒުގެ އަތްޕުޅުގައި ހިފުމަށް ޝަހީމް ގޮވާލައްވައިފި

ސެޕްޓެމްބަރ 21, 2023
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމައިފި

ސެޕްޓެމްބަރ 21, 2023
ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ތަޢީދުކޮށްފި

ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ނުފެތުމަށް އިލްތިމާސްކޮށްފި

ސެޕްޓެމްބަރ 21, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ނިހާންގެ މައްސަލަ ކުރިއަށް ގެންދެވޭގޮތެއް ނުވި

    ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު ނިހާންގެ ތާއީދު ޑރ. މުއިއްޒުއަށް

    0 shares
    Share 0 Tweet 0
  • އަޅުގަނޑާއި އާއިލާ ތަހަންމަލް މިކުރަނީ މެޑަމް ފަޒުނާމެން އޭރުއްސުރެ ކުރި ފުރައްސާރަ- ކެޕްޓަން އިހްސާން

    0 shares
    Share 0 Tweet 0
  • އުއްމީދަކި ”ޖަވާން“ އަށްފަހު އަންހެން ކުދިން ތަލަ މީހުނަށް ގަޔާވުން: ޝާޙް

    0 shares
    Share 0 Tweet 0
  • ޑިމޮކްރެޓްސްއިން ބޭނުންވާ ގޮތަށް މިމަހު ނިޒާމީ ވޯޓަކަށް ނުދެވޭނެ: އިލެކްޝަންސް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In