ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަންހެންކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖު ފޮނުއްވާފައިވަނީ އެމްޑީ އަލަމްގިރި ކައިރިއަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ވަޑައިގެންނެވިކަމަށް ބުނެ މީހަކު ކުރި ޓުވީޓެއް އެ ގުރޫޕުގައި ހިއްސާކުރައްވައި އެއީ ތެދެއްތޯ ނާޝިޒުގެ އަނބިކަނބަލުން އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެން ސުވާލުކުރެއްވުމަށްފަހުއެވެ.
އެ މެސެޖަށްފަހު ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙު އަރިހުން އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި ހުރިހާ އެންމެން ހިމާޔަތްކޮށްފައި، އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ހައްޔަރުކުރީ ކީއްވެތޯ ކަމަށެވެ. އަދި ރައީސް ޞާލިޙު ބަދުއަޚުލާޤީ އަމަލު ހިންގާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯވެސް ރައީސް ނަޝީދު ސުވާލުކުރައްވައެވެ.

”އަންހެންކުއްޖަކާއެކު ރައީސުލްޖުމްހޫރިއްޔާ ޖިންސީ ގުޅުންހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު އަޅުގަނޑަށް ފޮނުވާފައިވޭ،“ ރައީސް ނަޝީދު ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ. އެ ފޮޓޯތައް ފުލުހުންނާ ހިއްސާކުރައްވަންވީތޯވެސް އެމަނިކުފާނު ސުވާލުކުރައްވައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތީ ދެންމެ ކަމަށެވެ. ހަމަ ވަޑައިގަތުމާއެކު އެ ފޮޓޯތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޖިންސީ ގުޅުންހިންގާފައިވަނީ ވަރަށް ގާތް އާއިލީ ރަހުމަތްތެރިއެއްގެ އަންހެން ދަރިއާކަމަށް ވިދާޅުވެ ނަޝީދު އިތުރަށް ވިދާޅުވީ އެ ކުއްޖާގެ ހާލަތާމެދު ހިތާމަކުރައްވާ ކަމަށެވެ.
އަބަދު އެންމެނަކު ހަމާގަ ތިބޭނެ ކަމަކު ދެކޭނެ ކަމަކުނެތޭ.
ތިޔަމީހާ މޮޔަވީ ކޮންއިރަކުކަން ނޭނގުނަސް އެހުރީމޮޔަވެފަ ކަން އެނގިއްޖެ.
ރަނގަޅު އިޚްލާސްތެރި މީހެއްނަމަ ކޮއްކޯފުޅު އެކަން ކުރުމުން އެކަމުގައި މަތިޖަހަންނޫޅެ ޝަރުޢީމަޖިލިހަށް ހާޒިރުކޮށް އެކަމުގެ ޙައްގު އަދަބު ލިބިދީ ފުރިހަމަ ތައުބާއަކުން ތައުބާވުމަށް ނަސޭހަތްތެރިވެ ދޭންވީ ނޫންތޯއެވެ.
ނަޝީދު ހަމަޔަކު ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހުރީ ދުނިޔޭން މޮޔަވެފައެވެ. ހިލިހިލާ ޖަހާ އަނދަގޮޑީގައި ހައްޔަރު ކުރަންވީއެވެ.
Meehaku moyaeh nuvaanetha. Heybali viyas midhen bodhuvaru