ހއ. ހޯރަފުށީގައި ޖުވެނައިލް ޖަސްޓިސް ޔުނިޓެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ހޯރަފުށީގައި އަޅާ ޖުވެނައިލް ޖަސްޓިސް ހާފްވޭ ހައުސްގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އެވެ. ހާފްވޭހައުސް އެޅުމަށް 10،000 އަކަފޫޓުގެ ބިމެން، ހޯރަފުށި ކައުންސިލުން ވަނީ ދޫކޮށްފައެވެ.
ހޯރަފުށީގައި އަޅާ ހާފްވޭ ހައުސްގެ މަސައްކަތް ހޯމް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ.
މި މަސައްކަތަކީ އެކި ކުށްކުށުގައި ދަޢުލަތުގެ ބެލުމުގެދަށަށް ގެންނަ، 18 އަހަރުން ދަށުގެ ކުޑަކުދިން ބޭތިއްބުމަށް ހަދާ ތަނެކެވެ. މިއީ އެ ސަރަޙައްދުގައި ހަދާ މިފަދަ ފުރަތަމަ ހާފްވޭ ހައުސްއެވެ.
މި މަސައްކަތް މުޅިން ނިންމާ އަންނަ އަހަރުގެ ކުރީކޮޅު ހާފްވޭ ހައުސްގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މިކަމަށް ބޭނުންވާ އިމާރާތް މިއަހަރުގެ ފަހުކޮޅަށް ނިންމުމަށެވެ.