ބަންގުލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ނާޒިމް ޢަބްދުއްސައްތާރުގެ ޙައްޤުގައި ވަކާލާތުކުރާނީ ރައްޔިތުން މަޖިލީހުގެ ރައީސްކަމުން ވަކިވުމަށްފަހުކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާން ރައީސް މުޙައްމަދު ނަޝީދަށް ދަންނަވައިފިއެވެ.
ނާާޒިމް ހައްޔަރުކުރުމުން އެކަމުގެ ދިފާޢުގައި ނަޝީދު ކުރެއްވި ޓުވީޓަށް ރިޕްލައިކުރައްވަމުން އިޙްސާން މިރޭ ވިދާޅުވީ ކޮއްކޯފުޅު ނާޒިމްގެ ދިފާޢުގައި ވަކާލާތުކުރުން އެންމެ ރަނގަޅު ކަމަށެވެ. ނަމަވެސް އެކަމު އެކަން ކުރަންވާނީ މަޖިލީހުގެ ރައީސްކަމުން ވަކިވުމަށްފަހުކަމަށް އިޙްސާން ވިދާޅުވިއެވެ.
“ކޮއްކޮއަށްޓަކައި ފައިޓްކުރުން އެންމެ ރަނގަޅު. އެކަމު އެކަން ކުރަންވާނީ މަޖިލީހުގެ ރައީސްކަމުން ވަކިވުމަށްފަހު. ނާޒިމް ހައްޔަރުކުރީ ވީޑިއޯ އެވިޑެންސްގެ މައްޗަށް ބިނާކޮށް. އަދި ދިވެހިން އެ ވީޑިއޯތައް ބެލި.“
ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ނަޝީދު މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނާޒިމް ހައްޔަރުކޮށްފައިވާ ކަމަށާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒުން އެކަން ކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
kaley thi thelhi aruvanee ehcheh boegentha. Dhen enme avah nikunnaani kaley janjaa boe boe in video ahves vedhaane. Sizuga hurey. Thi dholheh ekan handhaanuga bahataathi