ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރަށް ނުވާނެކަމަށް ބަޔަކު ބުނި ކަންކަން އެ މަނިކުފާނު ކުރައްވާތަން މި ފެންނަނީ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
އަނީލް މިހެން ވިދާޅުވީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު ބައެއް ދިވެހިން ލިވާތުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޢާންމުވެފައިވާއިރު އެ ވީޑިއޯތަކުން ފެންނަ މީހުން ހައްޔަރުކުރުމުގެ މަަސައްކަތް ފުލުހުން ފެށުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އަނީލް ވިދާޅުވީ ޢަދާލަތު ޕާޓީ ފެށުނީއްސުރެ މަސައްކަތް ކުރީ ޙައްޤާއި އިންސާފަށް ކަމަށާއި އިސްލާމްދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ކަމަށެވެ. އަދި ޢަދާލަތު ޕާޓީއާއި ލީޑާޝިޕް އޮތީ ޕާޓީގެ އަސާސްތަކުގެ މަތީގަކަން މިއަދު ދިވެހި ރައްޔިތުންނަށް ހާމަވަނީކަމަށް ވެސް އަނީލް ވިދާޅުވިއެވެ.
“ނުވާނެކަމަށް ބަޔަކު ބުނި ކަންކަން އިމްރާން ކުރައްވާތަން މި ފެންނަނީ“
އަނީލް މިފަދައިން ވިދާޅުވެފައިވާއިރު އިމްރާން ހަވީރު ވިދާޅުވީ މުޑުދާރު ޢަމަލު ހިންގާ މީހުންނާމެދު ޤާނޫނުގައިވާ ފިޔަވަޅު އެޅުމަށް ފުލުހުން ފަސްނުޖެހޭނެކަން އަބަދުވެސް އޭނާ ކަށަވަރު ކުރާ ކަމަށެވެ. އެހެން ނަމަވެސް ޖިނާއީ ޢަދުލު ހިންގުމަކީ އެކަނި ފުލުހުންގެ އަތްމަތީ އޮތްކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
Rufiyaai fahathun dhuvaa dheenee thaakiha alhaigen ulhey laadheenee baiganduge meeheh hairaaneh nuvey.
Rayyithun madun nuthibeyne kan yageen veema fiyavalheh elhee. Imran akee dheen vikkaigen vazeefaa hoadhaigen huri kuraiypeh.
ބަޔަކު ނުވާނެޔޭ ބުނީމަ ދައްކަންކުރި ކަމެއްކަން އެނގޭ. އިޚްލާޞްތެރިކަމެއް އޮތްހެނެއް ހިއެއް ނުވޭ. މިހާދުވަސްވީ އެކަމުން ރެކެވޭނެ ދޮރުތައް ހުޅުވައި ތައްޔާރުވާން، ދެންއަންނަ ދައުރު ކާމިޔާބު ކުރުމަށް ހިޔަނި އެޅިފައި އޮތް ބޮޑުކަމަކަށް ވީމަ އެކަން ރީތިކޮށް ރައްޔިތުންނަށް އޮޅުވާލަން ކުރާކަމެއްތީ. އެހެންނޫނީ އެމީހުން ކޯޓަށް ގެންގޮސް ބަންދާމެދު ގޮތެއް ނުނިންމަނީސް ގިރުވާން ކޮޅަށް ޖަހައިގެން ގަދަބަސް ބުނާކަށް ނުފެށީސް! ރިލޯޑް ކުރިވަރެއް ތީގައޮންނާނީ. ބަލަންތިބޭތި.
Haraam vaane kuriyah oithaa dheyne voteh thiya aalaathunnah