ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރްއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ނާޒިމް ޢަބްދުއްސައްތާރު ހައްޔަރުކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ކޮއްކޮ ނާޒިމްގެ ދިފާޢުގައި މިރޭ ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން އެ މަނިކުފާނުގެ ކޮއްކޮ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ ނުފޫޒުން އެކަން ކުރީ ސިޔާސީ މަގުސަދެއްގައި ކަމަށާއި އެކަން ކުރީ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ.
ނާޒިމްގެ އިތުރުން ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދާއި އިތުރު މީހަކު ވެސް މި މައްސަލައިގައި ވަނީ ހައްޔަރުކޮށްފައެވެ.
އިސްލާމުންނަށް އަނިޔާކުރާ ގައުމުތަކާއި ގުޅުން ބަދަހިކުރަން ހަގީގީ ހަރުކަށި މީހުން