ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.
ފުލުހުން ކާނަލް ނަޝިދު ހައްޔަރު ކޮށްފައި މިވަނީ، ދާދިފަހުން ލީކް ވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަ މީހުން ހައްޔަރު ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވަނިކޮށެވެ.
މައުލޫމާތި ލިބިފައިވާ ގޮތުގައި ފުލުހުން ކާނަލް ނަޝީދު ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރަކާއެކު މިއަދު މެދުރު ފަހުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުން ފެންނަ އެހެން މީހުންވެސް ފުލުހުން މިހާރު ގެންދަނީ ހައްޔަރު ކުރަމުންނެވެ.