ޔޫރަޕްގެ ގައުމަކުން ރާއްޖެ އެތެރެވި މީހެއްގެ ކިބައިން މަކުނުވިދުރި ކަމަށް ޝައްކުރެވޭ އަލާމާތްކަކެއް ފެންނާން ހުރުމުގެ ސަބަބަނުން އޭނާގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި، ޔޫރަޕުން ރާއްޖެއަށް ދަތުރު ކޮށްފައި އައި މިމީހާގެ ގައިން ފޮޅުތަކެއް ފެންނާން ހުރުމުގެ ސަބަބުން އޭނާވަނީ އެންމެ ފުރަތަމަ ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކާފައެވެ. އަދި އޭނާގެ ގައިން ފެންނާން ހުރި އަލާމަތްތަކުން އެއީ މަނުކުވިދުރިކަމަށް ޝައްކު ކުރެވޭތީ އޭނާ މިހާރު އެ ހޮސްޕިޓަލްގެ އެމަޖެންސީގައި އެކެހެރި ކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މި ކަމާއި ގުޅިގެން އެޗްޕިއޭއިން އަދި އެއްވެސް މައުލުމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.
މަކުނު ވިދުރިއަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގައި މިހާރު ފެތުރެމުންދާ ބައްޔެކެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔައިންވަނީ ދުނިޔޭގައި މިހަރު ފެތުރެމުންދާ މަކުނުވިދުރިއަކީ ހެލްތު އިމަޖެންސީއެއްކަމުގައި ކަނޑައަޅާފައެވެ.