ޔޯގާއަކީ ޙަރާމްކަމެއް ނޫންކަމަށް ބުނާތީ އައްޝައިޚް އަޙްމަދު ސަމީރު ރައްދު ދެއްވައިފިއެވެ.
ޝައިޚް ސަމީރު ވިދާޅުވީ އިޖުމާޢުއެއް ނެތްކަމުގައި ބުނެ ކޮންމެ ކަމެއްގައި ވެސް އިޚްތިލާފީ މައްސަލައެއް ކަމުގެ މަކަރުވެރި ލިބާސް ލައްވަން ލާދީނިއްޔަތުގެ އަހުލުވެރިން ބޭނުންވާ ކަމަށެވެ.
އަދި ދީނަކީ ކުޅިވަރެއްކަމުގައި ހެދުމަކީ ލާދީނިއްޔަތުގެ އަހުލުވެރިން “އިޖުމާޢު“ ވާ ނުކުތާއެއް ކަމަށާއި އަދި އެހެން ހުރިހާ ކަމެއްގައި އެއުރެންނަކީ ހަތުރުވެރިންކަމުގައި ވީ ނަމަވެސް ކަމަށެވެ.
ޝައިޚް ސަމީރު ރައްދު ދެއްވާފައިވާއިރު, ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.