ބޮލީވުޑްގްގައި ލޯބީގެ ގޮތުން ގުޅިގެން އުޅުން ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ 6 އަހަރު އެއްކޮށް އުޅުމަށް ފަހު ވަކި ވެއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި ޓައިގާގެ އެކުވެރިއެއް އިންޑިއާގެ މީޑިއާއަށް ހާމަކޮށްފައިވާ ގޮތުގައި މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން މި ދެތަރިން ވަނީ ދުރުވެފައެވެ. މި ދުވަސް ކޮޅު ޓައިގާ ބޮޑަށް ސަމާލުކަން ދެނީ އޭނާގެ މަސައްކަތަށް ކަމަށާއި ދެ ފަންނާނުން ރުޅިވި ނަމަވެސް، މާ ބޮޑު ބަދަލު ތަކެއް ޓައިގާ އަށް ނާންނަ ކަމަށް ވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.
މި ދެ ތަރިން ދޭތެރެ އިން މިހެން ރުޅިވާނެ ކަމަށާއި ނަމަވެސް މިފަހަރު ވަރަށް ސީރިއަސް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެކުވެރިން ގޮތުގައި ފެނިގެންދާނެ ކަމަށާއި އިންސްޓަރ ގްރާމް އިން ވެސް ދެ ފަންނާނުން ފޮލޯ ކުރާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ދެފަންނާނުންގެ ގުޅުން ރަސްމީކޮށް ހިއްސާ ކޮށްފައި ނުވިނަމަވެސް އެކީގައި ތަންތަނަށް ދިއުމާއި ދެފަރާތުގެ މައިންބަފައިން އާއި ވެސް ހާއްސަ ގުޅުމެއް މި ފަންނާނުން ބާއްވާކަން ވެސް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ
މި ދެފަންނާނުން އެއްކޮށް ވަނީ “ ބާގީ 2″ އަދި ”ބާގީ 3“ އިން ފެނިގެން ގޮސްފައެވެ.